ކުޅިވަރު

މަރޭގެ ފަހު ޗެލެންޖް ރައީސް ޔާމީން ޤަބޫލްފުޅު ކުރައްވައިފި


ދިވެހި އެތުލީޓުން ކާމިޔާބު ހޯދުމަށް ކުރާ މަސައްކަތް ތަޖުރިބާކޮށްލުމަށް މަރުޒޫގު ފެށި މަސައްކަތަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި، ކުންފުނިތަކުގެ އިސްވެރިންނަށް މީގެ ކުރިންވަނީ މި ޗެލެންޖަށް ދަޢުވަތުދީފައެވެ. ސޯޝަން މީޑިއާގައި މަރުޒޫގު ދަޢުވަތު ދެމުން ދިޔައިރު އެކި ފަރާތްތަކުން ވަނީ މި ކެމްޕެއިނަށް ތަޢުރީފްކޮށްފައެވެ.

މަރުޒޫގު ވިދާޅުވީ މިކަމުގެ ސަބަބުން މުސްތަޤްބަލުގައި އެތުލީޓުންނަށް ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބި އެކުދިން ކުރާ ބުރަ މަސައްކަތް ވަގުތު ކޮޅަކަށް ނަމަވެސް އެހެން ފަރާތްތަކަށް އިހުސާސްކޮށްދެން ބޭނުންވާ ކަމަށެވެ.

tw:https://twitter.com/SpokespersonMV/status/767378510457376768

މިއަދު ރާއްޖޭގެ 4 ރައީސުންނަށް މިފުރުޞަތު ހުޅުވާލިއިރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ޗެލެންޖް ޤަބޫލްފުޅު ކުރައްވާފައެވެ. ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް ޢަލީ ވިދާޅުވީ މަރުޒޫގު "ޓްރެއިނިންގ ވިތު ޗެމްޕިއަންސް"ގެ މަޢުލޫމާތު ހިއްސާކުރެއްވުމާއެކު ރައީސް ޔާމީން މި ޗެލެންޖް ޤަބޫލްފުޅު ކުރެއްވި ކަމަށެވެ.

tw:https://twitter.com/SpokespersonMV/status/767378541797183488

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޓްރެއިނިންގ ހެއްދުވުމަށް ނޮމިނޭޓްކުރައްވާފައިވަނީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާ އެކުގައެވެ. ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޗެލެންޖް ޤަބޫލް ކުރެއްވިކަން ސޯޝަން މީޑިއާގައި ހިއްސާކުރައްވާފައެވެ.

tw:https://twitter.com/MohamedNasheed/status/767338335580880896

ރައީސް ނަޝީދު ޓްރެއިނިންގ ހެއްދެވުމަށް ނޮމިނޭޓް ކުރައްވާފައިވަނީ މެދު އަދި ދިގު ދުވުމަށް މަޝްހޫރު ދުވުންތެރިޔާ ޝަމްހާ އަޙުމަދާއެކުގައެވެ. ރައީސް ޑރ.ވަހީދު ޖެހިވަޑައިގަންނަވާނީ ފެތުންތެރިޔާ އައިމިނަތު ސަޖަންއާއެކު ތަމްރީން ހެއްދުވުމަށެވެ.

tw:https://twitter.com/DrWaheedH/status/767409429214072832

ރައީސް ވަހީދުވެސް ވަނީ ޗެލެންޖް ޤަބޫލްކުރެއްވިކަން ސޯޝަން މީޑިއާގައި ހާމަ ކުރައްވާފައެވެ. އަދި ރައީސް މައުމޫން ޓްރެއިނިން ހައްދަވާނީ ބެޑްމިންޓަން ކުޅުންތެރިޔާ އަޖުފާން ރަޝީދުއާ އެކުއެވެ. ރައީސް މައުމޫނަކީ ބެޑްމިންޓަން ކުޅުއްވުމަށް ލޯބި ކުރައްވާ ބޭފުޅެކެވެ.

img:http://s4.psmnews.mv/images/660x400/14718102354070.jpg|ޓްރެއިނިންގ ވިތު ޗެމްޕިއަންސްގައި ބީއެމްއެލްގެ ސީއީއޯ ބައިވެރިވެ ވަޑައިގަންނަވަނީ-

ޓްރެއިނިންގ ވިތް ޗެމްޕިއަންސް ނިމުމަކާ ހަމައަށް އައިސްފައިވާއިރު މިއީ މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ކުރިން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރުޒޫގު ފެއްޓެވި ގިނަބައެއްގެ ސަމާލުކަން ހުއްޓުނު ހަރަކާތެކެވެ.