ޚަބަރު

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމަށް ޑރ.ޝަހީމް


މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މުޝީރުގެ މަޤާމަށް، އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

މި ގޮތުން، އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރުގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޒާހިރު ޙުޞައިންއެވެ. އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.