ޚަބަރު

ޖެންޑަރ އިކުއަލިޓީގެ ޤާނޫނު، ރައީސް ތަސްދީގް ކުރައްވައިފި


ޖެންޑަރ އިކުއަލިޓީގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން ތަސްދީގް ކުރައްވައިފިއެވެ.

ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ޖެންޑަރ އިކުއަލިޓީ ޤާއިމުކުރުމުގެ ގޮތުން ޢަމަލުކުރާނެ ގޮތުގެ މައިގަނޑު އުސޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ޖެންޑަރ އިކުއަލިޓީ ޤާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރުމުގެ ޤާނޫނެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.