ޚަބަރު

ކެރަމް ކޮމިއުނިޓީ ޝީލްޑް އޮކްޓޫބަރު 28ގައި ފަށަނީ


  • މިއީ މިއަހަރު ކެރަމް އެސޯސިއޭޝަނުން ބާއްވާ ފަހު މުބާރާތް

  • ކޮމިއުނިޓީ ޝީލްޑް މުބާރާތް ކުރިޔަށްދާނީ ހުޅުމާލެ ކެރަމް އެރީނާގަ

މިއަހަރުގެ ޑިސެމްބަރުގައި ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކެރަމް ވޯލްޑް ކަޕްގެ ކުރިން މިއަހަރު ބާއްވާ ފަހު މުބާރާތްކަމަށްވާ 3ވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް އޮކްޓޫބަރުގައި 28 ފަށަން ނިންމައިފިއެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ ކޮމިއުނިޓީ ޝީލްޑް މުބާރާތް ކުރިޔަށްދާނީ ހުޅުމާލެ ކެރަމް އެރީނާގައި ކަމަށެވެ. މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ހިމެނެނީ ޖޫނިއާ ބޯއީސް ސިންގަލްސް، ޖޫނިއަރ ގާލްސް ސިންގަލްސް، ޖަުނިއަރ ބޯއީސް ޑަބަލްސް އަދި ޖޫނިއަރ ގާލްސް ޑަބަލްސް އިވެންޓެވެ.

ސީނިއާ ކެޓެގަރީގައި ހިމެނެނީ ސީނިއަރ މެންސް ސިންގަލްސް، ސީނިއަރ ވުމެންސް ސިންގަލްސް، ސީނިއާ މެންސް ޑަބަލްސް އަދި ސީނިއާ ވުމެންސް ޑަބަލްސް އިވެންޓެވެ.

ޖޫނިއަރ ބޯއީސް ސިންގަލްސް އިވެންޓުގައި 39 ބައިވެރިން ވާދަކުރެއެވެ. ޖޫނިއަރ ގާލްސް ސިންގަލްސް އިވެންޓުގައި 20 ބައިވެރިން ވާދަކުރެއެވެ. ޖޫނިއަރ ބޯއީސް ޑަބަލްސް އިވެންޓުގައި 40 ބައިވެރިން ވާދަކުރެއެވެ. އަދި ޖޫނިއަރ ގާލްސް ޑަބަލްސް އިވެންޓުގައި 10 ކުދިން ވާދަކުރެއެވެ.

ސީނިއަރ މެންސް ސިންގަލްސް އިވެންޓުގައި 26 ބައިވެރިން ވާދަކުރެއެވެ. ސީނިއަރ ވުމެންސް ސިންގަލްސް އިވެންޓުގައި 12 ބައިވެރިން ވާދަކުރެއެވެ. ސީނިއާ މެންސް ޑަބަލްސް އިވެންޓުގައްޔާއި، ސީނިއާ ވުމެންސް ޑަބަލްސް އިވެންޓުގައި 12 ބައިވެރިން ވާދަކުރެއެވެ.