ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމަށް ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ކ. އަތޮޅު ތައިލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އިސްމާޢީލު ޝަފީީޢުއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.
މި މަޝްރޫޢުގެ ދަށުން 15 ކްލާސްރޫމާއި އޮފީސް އިމާރާތަކާއި ސްޓާފްރޫމާއި ލައިބްރަރީގެ އިތުރުން ނަމާދު ކޮޓަރި ހިމެނޭހެން 4 ފަންގިފިލާއަށް ކ. އަތޮޅު ތައިލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.