ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމާ ރާއްޖޭގެ މިހާރުގެ ޤައުމީ ޓީމް ކުޅޭ ހާއްސަ މެޗަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ގެންނަން އެފްއޭއެމްއިން ނިންމައިފިއެވެ.
މިމަހު 29ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅޭ މިމެޗަށް ޒަވީގެ އިތުރުން އާޖެންޓީނާގެ ކުރީގެ ޑިފެންޑަރ އަޔާލާ ގެނައުމަށްވެސް އެފްއޭއެމްއިން ވަނީ މީގެ ކުރިން ނިންމާފައެވެ. ޒަވީ ގެންނަން އެފްއޭއެމްއިން ނިންމިކަން އިޢުލާންކުރިއިރު، މިމެޗްގައި ހާއްސަ ކަންތައްތަކެއް ފެންނާނެ ކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ،
img:http://s4.psmnews.mv/images/660x400/14720210063933.jpg|އެފްއޭއެމްއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލްވުމުގެ ތެރެއިން
މިޚާއްސަ މެޗަށް ޒަވީ ރާއްޖެ އައިނަމަވެސް މެޗްގައިކުޅޭގޮތަށް ހަމަޖެހިފައިނުވާކަމަށާއި ޒަވީއަކީ މިމެޗްގެ ޚާއްސަ މެހުމާނެއް ކަމަށް.ނަމަވެސް އާޖެންޓީނާގެ ތަރި އަޔާލާގެ ކުޅުން ފެނިގެންދާނެ ކަމަށް އެފްއޭއެމުންމަޢުލޫމާތުދެއްވައެވެ. އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިޤް ވިދާޅުވީ މަޑުޖެހިފައިވާދިވެހި ފުޓްބޯޅައިގެ ފޯރި އަލުން ގެންނަން އެބަޖެހޭ ކަމަށާއި މިކަންކަމާއެކުފުޓްބޯޅައިގެ ފޯރި ގަދަވެގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާކަމަށެވެ.
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ޓީމާއި މިހާރުގެ ޤައުމީޓީމް ބައްދަލުކުރާ މިޚާއްސަ މެޗަށް ތަށި ހޯދައިދިން ކޯޗް ޖޯސެފް ޔަންކޭޒްވެސްމިމެޗަށް އަންނަގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިމެޗްގެ ފޯރިގަދަކުރުމަށް މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި އެންމެ ތަފާތު ތަރުޙީބުދިނުމެއް ދެއްކި ހދ. ކުޅުދުއްފުށީގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެމީހުންގެއަމިއްލަ ޚަރަދުގައި މާލެ އަންނަ ގޮތަށް މިހާރު ހަމަޖެހިފައިވާކަމަށް އެފްއޭއެމްގެރައީސް އަޙްމަދު ތޯރިޤް ވިދާޅުވިއެވެ. ގާތްގަނޑަކަށް 200އެއްހާ މީހުންކުޅުދުއްފުށިން މިމެޗަށް މާލެ އަންނާނެ ކަމަށް ތޯރިޤްވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14720246676934.jpg|މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށި ސަޕޯޓަރުން
29 ވަނަދުވަހުގެ މިމެޗަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހު ބަންގްލަދޭޝްގެ ޤައުމީޓީމާއެކު ބައިނަލްއަޤްވާމީ ރަޙްމަތްތެރިކަމުގެ މެޗެއް ކުޅުމަށްވެސް އެފްއޭއިންއަންނަނީ ތައްޔާރުވަމުންނެވެ. މި ދެމެޗަކީ އަންނަމަހުގެ ހަވަނަ ދުވަހު އޭޝިއަންކަޕްކޮލިފިކޭޝަންގައި ލާއޮސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭދެމެޗް ކަމަށް އެފްއޭއެމުން މަޢުލޫމާތުދެއެވެ، އެފްއޭގެ އެދުމަކީ މި ތިން މެޗަށްވެސްވީހާވެސް ގިނަ ސަޕޯޓަރުން ވަދެ ދިވެހި ޓީމަށް ހިތްވަރު ދިނުމެވެ.