ޚަބަރު

ސްވޭމް 14 އަހަރުން ދަށުގެ އެކަޑަމީ ޗެމްޕިއަންޝިޕްގެ ތަށި މާޒިޔާ އެކަޑަމީއަށް


  • މި މުބާރާތުގައި 27 އެކަޑަމީއަކުން 35 ޓީމު ބައިވެރިވި

  • މާޒިޔާއިން ޗެމްޕިއަންކަން ހޯދީ 1-0 ގެ ނަތީޖާއަކުން ނިއު ސްޓަރ ބަލިކޮށްގެން

ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ މައިލޯ 14 އަހަރުން ދަށުގެ އެކަޑަމީ ޗެމްޕިއަންޝިޕް 2025ގެ ކެމްޕިއަންކަން މާޒިޔާ ފުޓްބޯޅަ އެކަޑަމީން ހޯދައިފިއެވެ.

ހޯމަ ދުވަހު ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ މާޒިޔާއާއި ނިއު ސްޓާ އެކަޑަމީއެވެ.

މާޒިޔާއިން މި މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ނިއު ސްޓަރ ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާޒިޔާ އެކަޑަމީގެ ނޫހް އިހްލާސް ސަލްމާންއެވެ.

މި މުބާރާތުގެ 2 ވަނަ ހޯދީ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީއެވެ. 3 ވަނަ ހޯދީ އެފްއެފްއެފްއޭ މާރަނގައެވެ. މި މުބާރާތުގައި 27 އެކަޑަމީއަކުން 35 ޓީމު ބައިވެރިވިއެވެ. މި މުބާރާތުގައި ޖުމްލަ 67 މެޗު ކުޅުނެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ވިލިމާލޭ ޔުނައިޑެޓްގެ މުހައްމަދު ނީމް ނިމާލެވެ. ނީމް ވަނީ ޖުމްލަ 8 ގޯލް ޖަހާފައެވެ.

މިއީ މި އުމުރުފުރާގެ ކުދިންނަށް ގައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުޅުމުގެ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ސޮކަރވެޓެރަންސްއިން ފެސްޓިވަލެއް ގޮތަށް ރާވައިގެން ކުރިޔަށްގެންދިޔަ މުބާރާތެކެވެ.