ޚަބަރު

އިންޑިއާގެ ޑިފެންސް ކޮލެޖުގެ ވަފްދު ފުރައިފި


އިސްތިރާޖީ ދަތުރު ނުވަތަ ސްޓްރެޓެޖިކް ޓުއަރއެއްގައި ރާއްޖެ ޒިޔާރަތްކުރި އިންޑިއަން ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފްދު މިއަދު ހެނދުނު ރާއްޖެއިން ފުރައިފިއެވެ.

އިންޑިއަން ނޭޝަނަލް ޑިފެންސް ކޮލެޖުގެ ބައެއް އިސް ބޭފުޅުންނާއި، އެ ކޮލެޖުގައި ތަމްރީނު ހާސިލުކުރަމުންދާ އެކި ޤައުމުތަކުގެ ސީނިއަރ ސިފައިން ހިމެނޭ މި ވަފުދަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރަރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އާއި އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޙާމިދު ޝަފީޤުއެވެ.

މިމަހުގެ 21 ވަނަ ދުވަހު ރާއްޖެ ޒިޔާރަތްކުރި މި ވަފުދުގެ ދަތުރުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފް އުމަރަށާއި، އެމްއެންޑީއެފްގެ ލީޑަރޝިޕް އާ ބައްދަލުކޮށްފައިވެއެވެ. އަދި އެމްއެންޑީއެފްގެ ތަމްރީނުތައް ކުރިއަށްގެންދާ ގިރިފުށީ ޓްރޭނިންގ ސެންޓަރަށާއި، ސިފައިން ތަރައްޤީ ކުރަމުންދާ އުތުރުތިލަފަޅުގެ އިތުރުން، ސަރުކާރުގެ ބައެއް މުއައްސަސާތަކަށްވެސް މި ވަފުދުން ވަނީ ޒިޔާރަތްކޮށްފައެވެ.