ކުޅިވަރު

ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ސަބަބުން އަތޮޅުގައި އެކުވެރިކަމުގެ ރޫހު އާލާވެގެންގޮސްފި: ނައިބު ރައީސް


ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ރާވެރިޔާ ވޮލީ މުބާރާތުގެ ސަބަބުން އެ އަތޮޅުގައި އެކުވެރިކަމާއި އެއްބައިވަންތަކުގެ ރޫހު އާލާވެގެންގޮސްފިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށްފަހު އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ. ހުވަދޫ ބަހުރުވައިން އެމަނިފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފަވަނީ އެރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންގެ ފަރާތުން ކީ ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އެ އެމުބާރާތް ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގަންނަވަން ލިބުނު ފުރުސަތަކީ އަތޮޅުގެ ރައްޔިތުންނާ ވަރަށް ގާތުން ބައްދަލުކޮށްލިބުމަށް ލިބުނު ފުރުސަތަކަށްވާއިރު މިއީ އެމަނިފާނަށް ލިބިވަޑައިގެންނެވި އުފަލެއްކަމަށް ޓްވީޓްގައި އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.

އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން އެ އަތޮޅުގައި އެކުވެރިކަމުގެ ރޫހު އާލާވެގެންގޮސްފިކަމަށާ މިކަން ތާއަބަދަށް ދެމެހެއްޓުމަށް އެންމެންވެސް ގުޅިގެން މަސައްކަތްކޮށްދިނުމަށް އެމަނިފާނުވަނީ އަތޮޅުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.