ޚަބަރު

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޚާއްޞަ އޮޕަރޭޝަނެއް


އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް) ގައި ޚާއްޞަ ސަވައިލަންސް އޮޕަރޭޝަނެއް މިއަދު ފަށްޓަވައިފިއެވެ.

އިންޑިއާ ނޭވީގެ ޚާއްޞަ މަތިންދާ ބޯޓެއްގައި، ވައިގެ މަގުން ކުރިއަށްގެންދަވާ މި ސަވައިލަންސް އޮޕަރޭޝަންގައި އެމްއެންޑީއެފްކޯސްޓްގާޑުގެ ސިފައިންނާއި އިންޑިއާގެ ނޭވީން ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުންމަޢުލޫމާތުދެއްވައެވެ.

3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަންގައިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށްކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި، އެފަދަ ކަމެއް ހިނގާ ނަމަ އެކަމަށްފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުންމަޢުލުމާތުދެއްވައެވެ.