ޚަބަރު

އައްޑޫ ސިޓީ ހިތަދޫއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެއްޖެ


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، އައްޑޫ ސިޓީ ހިތަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރެއިން ފެށިގެން ހުއްޓުމެއްނެތި އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރާގައި ހިތަދޫގެ ފެންބޮޑުވެފައިވާ މަގުތަކުގައި މިއަދު މެންދުރު 12:30 ން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން، ފެން ހިންދުމަށް ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތް ކުރަމުންކަމަށެވެ. 

ވިއްސާރައާއި ގުޅިގެން ހިތަދޫގެ ބައެއް ގޭގެއަށް ފެންވަންނަމުންދާތީ އެ ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ސަދަން އޭރިއާގެ ސިފައިން ކުރަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.