ޚަބަރު

އަލްޖަޒީރާ ޑޮކިއުމެންޓްރީ ޕްރިމިއަރކުރުން ކެންސަލްކޮށްފި


ދިވެހި ދައުލަތާމެދު ދޮގު ތުހުމަތުތަކެއްކޮށް އަލްޖަޒީރާއިން ދައްކަން ބަޔަކު ތައްޔާރުކުރި ޑޮކިއުމެންޓްރީ ޕްރިމިއަރކުރުން ކެންސަލްކޮށްފިއެވެ.

"ސްޓީލިންގ ޕެރެޑައިސް"ގެ ނަމުގައި ރާއްޖޭގެ އަގު ވައްޓާލާ، ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައުން ހުއްޓުވުމުގެ މަޤްޞަދުގައި، އިދިކޮޅު ފަރާތްތަކާ ގުޅިގެން ބަޔަކު ތައްޔާރުކުރި މިޑޮކިއުމެންޓަރީ ޕްރިމިއަރކުރުން ކެންސަލްކުރީ ކޮންސަބަބަކާ ހުރެކަމެއް އަދި ސާފެއްނުވެއެވެ.

މިޑޮކިއުމެންޓަރީ ޕްރިމިއަރކުރުން ކެންސަލްކުރިއިރު، ރާއްޖޭގެ ގިނަ ބަޔަކު ދިޔައީ މިޑޮކިއުމެންޓަރީއާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.