ޚަބަރު

ބަބްލީ ސުޕާރީގައި ދުންފަތުގެ އަސަރު އެބަހުރި !


ރާއްޖެ އެތެރެކޮށް ވިއްކަމުންދާ "ބަބްލީ" ސުޕާރީގައި ދުންފަތުގެ އަސަރު ފެނިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ ބަބްލީ ސުޕާރީގައި ދުންފަތުގެ އަސަރުހުރިކަން ޔަގީންވީ ރާއްޖެ އެތެރެކުރާ ސުޕާރީގައި ދުންފަތުގެ އަސަރު އެކުލެވޭތޯ ބެލުމަށް އެއޮތޯރިޓީން ކުރެއްވި ތަހްލީލްތަކުންކަމަށެވެ. 

އެފްޑީއޭއިން ވިދާޅުވީ ދުންފަތް އެކުލެވޭ ސުޕާރިއެއް ބޭނުންކުރުމަކީ، ދުންފަތް ބޭނުންކުރަން އާދަވެ، ދުންފަތުގެ އިސްތިއުމާލުކުރަން މަގުފަހިވާނޭކަމެއްކަމަށެވެ. އަދި ކުޑަކުދިން މިބާވަތުގެ އުފެއްދުންތައް ބޭނުންކުރުމަކީ ޞިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާނޭކަމެއްކަމަށްވެސް އެފްޑީއޭގެ ބަޔާނުގައިވެއެވެ.