ޚަބަރު

ފުލުހުން ގ.ކެނެރީގެ ބަލައި ފާސްކުރައްވައިފި


ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ގ.ކެނެރީގެއަށް ފުލުހުންވަދެ ބަލާ ފާސްކުރައްވައިފިއެވެ

ފުލުހުން އެ ގެ ބަލާ ފާސްކުރައްވާފައިވަނީ މިރޭ 8:45 އާއި 9:21 އާ ދެމެދުކަމަށް ފުލުހުން ވިދާޅުވެއެވެ. ގ.ކެނެރީ ގެއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅެވެ.

ކޯޓް އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ދިރިއުޅުއްވާ ގ.ނިލާވެއްޔަށް ވެސް، ބަލައި ފާސްކުރެއްވުމަށްޓަކައި ފުލުހުން ދިޔަކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ. ނަމަވެސް އެ ގެ ތަޅުލާފައި ހުރުމުން ޗެކްކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.