ކުޅިވަރު

25ވަނަ ޓޭބަލް ޓެނިސް ޗެންޕިއަންޝިޕް މުއީނާ އަދި ތިނުކާއަށް


25 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެންޕިއަންޝިޕް ފުރަތަމަ ޑިވިޝަން އަންހެންބައިގެ ޗެމްޕިއަންކަން މުއީނާ މުހައްމަދު އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ސްރީލަންކާގެ ތީނުކާ ޔުބަޔާ ސިނާ ހޯދައިފިއެވެ.

 މިމުބާރާތުގެ ފައިނަލްސް ތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަން އަންހެންބައިގެ ޗެމްޕިއަންކަން މުއީނާ މުހައްމަދު ހޯދާފައިވަނީ ފައިނަލްގައި އާމިނަތު ޝިޢުރާ ޝަރީފްއާ ވާދަކޮށް 4 ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. 

ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސްރީލަންކާގެ ތީނުކާ ޔުބަޔާ ސިނާ ހޯދީ ފައިނަލްގައި މުހައްމަދު ޒީސްތު ނަސީމްއާ ވާދަކޮށް ސީދާ 4 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމުބާރަތުގެ ފުރަތަމަ ޑިވިޝަންގެ ޑަބަލްސް ފިރިހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ސްރީލަންކާގެ 2 ކުޅުންތެރިންކަށްވާ ސްރީލަންކާގެ ތީނުކާ ޔުބަޔާ ސިނާއާ ރަންޖިތާއެވެ. އަދި މިބައިގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އާމިނަތު ޝިޢުރާ ޝަރީފްއާ މުއީނާ މުހައްމަދުއެވެ. 

މިމުބާރާތުގެ މިކްސް ޑަބަލްސްބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އާމިނަތު ޝިޢުރާ ޝާރީފްއާ ރަންޖިދައެވެ.  ޑަބަލްސްގެ ޗެންޕިއަންކަން ހޯދާފައިވަނީ އިބްރާހީމް ލަތީފްއާ އަހުމަދު ލަތީފްއެވެ. ވެޓްރެންސްބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އަލީ އަދަމް މަނިކުއެވެ.

img:http://s2.psmnews.mv/images/660x400/14727094777510.jpg|ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެންޕިއަންޝިޕް އަންހެން 15 އަހަރުން ދަށުގެ 1 ވަނަ ރަފާ (ފޮޓޯ: ޕީއެސްއެމް)

މިމުބާރާތުގެ 9 އަހަރުން ދަށުގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަލަކް ބިންތް މުއިޒްއެވެ. އަދި މިއުމުރުފުރާގެ ފިރިހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އަހުމަދު ރަޔާން މުހައްމަދު ރިޔާޒްއެވެ. 

12 އަހަރުން ދަށުގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިޔާމް ޝިފާން ސައީދު އަދި ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނި އަހުމަދު ނާއިފް ނަސީރުއެވެ.