ތަރައްްޤީ

ފުވައްމުލަކާއި މާވަށުގަ ފެންބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދީފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ޏ.ފުވައްމުލަކަށާއި ލ. މާވަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބޯކޮށް ވާރޭވެހި، ފުވައްމުލަކުގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން އިއްޔެ ހަރަކާތްތެރިވިކަމަށެވެ. އެގޮތުން ހުއްޓުމެއްނެތި ފުވައްމުލަކަށް ކުރި ވިއްސާރާގައި އެރަށުން ފެންބޮޑުވެފައިވާ މަގުތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަންގައި މަސައްކަތްކުރާ ސިފައިން ފެން ހިއްކުމަށް ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރެއްވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

img:http://s3.psmnews.mv/images/660x400/14727145947504.jpg|މާވަށުގައި ފެން ހިނގުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

މީގެ އިތުރުން ލ. މާވަށުގެ ބައެއް މަގުތަކުގައިވެސް ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެއްވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ލ.މާވަށުގައި ފެންބޮޑުވެފައިވާ ބައެއް މަގުތަކުގައި މިއަދު ހަވީރު 16:00 ން ފެށިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަންގައި މަސައްކަތްކުރާ ސިފައިން އަންނަނީ، ފެން ހިންދުމަށް ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންނެވެ.