ޚަބަރު

ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފި


ބަންގްލަދޭޝް އިން ރާއްޖެއައި ފިރިހެނެއްގެ ފޮށިތަންމަތީގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު ކިލޯއެއްހާ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ އޯގަސްޓްމަހުގެ 26 ވަނަ ދުވަހު ސްރީލަންކަން އެއަރލައިންސް އިން ރާއްޖެއައި މިމީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ފޮށިތަންމަތިން 944 ގްރާމް މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އަދި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/14727222853406.jpg|ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި

މިމައްސަލައިގައި ހިމެނޭ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.