ޚަބަރު

ރައީސް، ސަޢޫދީ ރަސްގެފާނުގެ ޚާއްސަ މުޝީރާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ސްޕެޝަލް އެޑްވައިޒަރ، ޑޮކްޓަރ ފާއިޒް އަލް ޢަބިދީންއާ ބައްދަލުކުރައްވައިފިއެެވެ. މިބައްދަލުކުރެއްވުން ބޭއްވެވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އިތުރަށް ގުޅުން ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. 

img:http://s4.psmnews.mv/images/660x400/14727235691814.jpg|ރައީސް ޔާމިން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ސްޕެޝަލް އެޑްވައިޒަރ، ޑޮކްޓަރ ފާއިޒް އަލް ޢަބިދީންއާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ ފަރާތުން މި އަހަރުގެ ޙައްޖު ކޯޓާ އިތުރުކޮށް ދެއްވިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. 

މީގެ އިތުރުން މި ދެބޭފުޅުންވަނީ ދެޤައުމުގެ ދޭތެރޭގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ.