ޚަބަރު

މަނާކުރި ފަހުން 73000 އަށްވުރެ ގިނަ ވޭޕް އަތުލައިގަތް!


  • 40،000 އަށްވުރެ ގިނަ އޮޕަރޭޝަންސް ހިންގާފައިވޭ

  • 24 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓް ސްޓިކް އަތުލައިގަތް

ވޭޕް މަނާކުރި ތާރީޚުން ފެށިގެން މިހާތަނަށް 73،000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންގައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ 15 ނޮވެންބަރު 2024އިން ފެށިގެންނެވެ.

ހޯމް ސެކްޓަރއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، ވޭޕް މަނާ ކުރި ތާރީޚުން ފެށިގެން މިހާތަނަށް 185 މައްސަލައެއްގައި، 73،000 އަށްވުރެ ގިނަ ވޭޕް އަތުލައިގަނެފައިވާކަމަށެވެ. އަދި ސިއްރުން ރާއްޖެ އެތެރެ ކުރަން އުޅުނު، 24 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓް ސްޓިކްވެސް އެމުއްދަތުގެ ތެރޭގައި އަތުލައިގަނެފައިވާކަމަށް ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.

ކަސްޓަމްސްއިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރައްވަމުންދާ މަސައްކަތަކީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާ މުދާ އެތެރެވުން ހުއްޓުވައި، ބެލުންތަށް ހަރުދަނާކުރުންކަމަމަށް އެއިދާރާއިން ވިދާޅުވިއެވެ.

"ރާއްޖެއަށް ވައިގެމަގުން އެތެރެވާ މުދާ ޕަރޮފައިލްކޮށް، ހައި ރިސްކް ކޮންސައިންމެންޓްތައް ފާހަގަކޮށް މި ފަދަ މުދާ ބަލާ ފާސްކުރުން ހަރުދަނާކުރުމަށް 2024 އޮގަސްޓް މަހުގަ މިކަމަށް ޚާއްސަ ޔުނިޓެއް ވެލާނާއިންޓަނޭޝަނަލް އެއާޕޯޓުގަ ޤާއިމް ކުރެވިފާވޭ" ކޮމިޝަނާ ގެނެރަލް އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ ވިދާޅުވިއެވެ.

ވޭޕް މާނާކުރި ފަހުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި އެންމެ ބޮޑު ވޭޕް ޝިޕްމަންޓް ކަސްޓްމަސްއިން އަތުލައިގެންފައިވަނީ މި ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން މިމަހުގެ 4ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ބަލައިފާސްކުރި ޝިޕްމަންޓުގެ ތެރެއިން ޖުމްލަ 10800 (ދިހަހާސް އަށްސަތޭކަ) ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ވައިގެ މަގުންނާއި ކަނޑުގެ މަގުން އެތެރެކުރާ މުދަލަށް އަމާޒުކޮއްގެން 40،000އަށްވުރެ ގިނަ އޮޕަރޭޝްން ހިންގައި، 37 އުޅަނދެއް ބަލާ ފާސްކޮށްފައިވާއިރު، އެމަގުން ފާއިތުވި 2 އަހަރު ތެރޭގައި މުހިންމު މަސައްކަތްތަކެއް ނުރެވުނުކަން ކަސްޓަމްސްއިން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.