އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ފުލަމް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ފުލަމް މޮޅުވެއްޖެ އެވެ.
ފުލަމްގެ ކްރެވަން ކޮޓޭޖްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ރައުލް ޖިމިނޭޒް ޖެހި ލަނޑެކެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުން ފުލަމް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ތާވަލުގެ 13 ވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފުލަމް އަށް ވަނީ 17 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ނޮޓިންހަމް ފޮރެސްޓަށް 17 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ޕޮއިންޓެވެ.
މާކޯ ސިލްވާގެ އިރުޝާދުގެ ދަށުން ކުޅުނު ފުލަމް އިން މި މެޗަށް ނިކުތްއިރު އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ބައެއް ކުޅުންތެރިން ދޫކޮށްފައިވާތީ އެކަމުގެ އަސަރު އެ ޓީމަށް ވަނީ ކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ވަނީ މޮޅުވެފަ އެވެ.
ފުލަމް އިން ދެން އެންމެ އަވަހަށް ކުޅޭނީ ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ވެސްޓް ހޭމް އާއި ދެކޮޅަށް ކުޅޭ މެޗެވެ.