ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި


ކުޅުދުއްފުށި ސިޓީން މަސްތުވާތަކެތީގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހދ.ނޮޅިވަރަމްފަރު / އެލްޕަސޯ އަޙްމަދު ފަޒީން(35އ)އެވެ. އަދި މީނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ތަކެތި ވިއްކާ ވިޔަފާރިކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

12 ޖެނުއަރީ ދުވަހު ހިންގި މި އޮޕެރޭޝަންގައި، އަހްމަދު ފަޒީން ވަނީ ކުޅުދުއްފުށި ގެއަކުން ހުއްޓުވައި ބަލައި ފާސްކޮށްފައެވެ. ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިސެލޯފިންކޮޅެއް ފެނިފައިވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަންދެން ކޯޓައް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ދަނީ ފުލުހުން ކުރިއަށް ތަހުގީގު ކުރަމުންނެވެ.