ސާފް ވިމެންސް ފުޓްސަލް ޗެލެންޖް 2026 ގައި ނޭޕާލް އަތުން ބަނގްލަދޭޝް ހޯދި މޮޅާއެކު، މުބާރާތުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.
ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ބަންގްލަދޭޝް މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ބަނގްލަދޭޝްގެ ފުރަތަމަ ދެލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން ފުރަތަމަ ލަނޑު ޖަހައިދިނީ ކެޕްޓަން ސަބީނާ ޚާތޫންއެވެ. އަދި ދެވަނަ ލަނޑު ޖަހައިދިނީ ކްރިޝްނަރާނީ ސަރްކާރެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ބަނގްލަދޭޝް އިން ދެވަނަ ހާފު ފެށިއިރު، މެޗުގައި ބަނގްލަދޭޝްގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިޕީ އަޚްތަރެވެ.
މި މޮޅާއެކު ބަނގްލަދޭޝް އިން ހޯދި ތިން ޕޮއިންޓާއެކު، ތިން މެޗުން ޖުމްލަ ހަތް ޕޮއިންޓު ލިބި އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ތިން މެޗުން ހަމަ މި އަދަދަށް ޕޮއިންޓު ހޯދައިގެން ޕާކިސްތާން އޮތްއިރު، ބަނގްލަދޭޝް އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މެޗުން ބަލިވި ނޭޕާލް، ތާވަލުގެ ފަސްވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.