ޚަބަރު

ހުޅުމާލެއާއި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އަޅަން އެމްއޭސީއެލްއަށް


ގްރޭޓަރ މާލެ ރީޖަންގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްތަކެއް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި، ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުالله ރާފިޢުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދުއެވެ.

މި އެއްބަސްވުމުގެ ދަށުން މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތައް އަޅާނީ ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2 ގައެވެ.

2026 ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ކުޅިވަރާއި ހެށިހެޔޮކަމާބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާ ދެމެދު، 18 އޮގަސްޓް 2025 ގައި ވަނީ ސޮއިކޮށްފައެވެ.