ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާއި ގުޅުވައިގެން ދެވޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
ވޯލްޑް ނޯ ޓޮބޭކޯޑޭ އެވޯޑަށް ހުށަހެޅުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ"އަކީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ސިއްޙަތު ޖަމިއްޔާއިން ދެއްވާ އެވޯޑެކެވެ.
ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ދޭ އެވޯޑެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކޮށް، ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އިދާރާތަކުން މި އިނާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ، "އަންމާސްކިންގ ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން"އެވެ.
މި އެވޯޑަށް އެދި ހުށަހެޅޭނީ، ޑަބްލިއުއެޗްއޯގެ ލިންކް މެދުވެރިކޮށެވެ. އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ އަންނަ މަހުގެ 13ވާ އަންގާރަދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މެއިމަހުގެ 31 އެވެ.