ޚަބަރު

ރާއްޖޭއާއި އިނގިރޭސިވިލާތުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި


ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރ ފޯރ އޭޝިޔާ އެންޑް ދަ ޕެސިފިކް އަލޯކް ޝަރުމާއާއި ބައްދަކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރކަމުގެ މަޤާމަށް ޝަރުމާ ޢައްޔަންކުރައްވާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، އޭނާގެ މިނިސްޓަރު ކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ޑރ. އާސިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙާއި ގުޅޭގޮތުންނާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. 

މީގެ އިތުރުން ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިހާރު އޮތް ގުޅުން ކުރިއަށްއޮތްތަނުގައި އިތުރަށް ބަދަހިކުުރުމާ ގުޅޭގޮތުނާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ މުޢާމަލާތްތައް މިހާރަށްވުރެ އިތުރުކޮށް، އެކި ދާއިރާތަކުން އިންވެސްޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

****