ޚަބަރު

އެލްޗޭ ބަލިކޮށް ބާސާ ހަތަރު ޕޮއިންޓުގެ ލީޑެއްގައި


  • މެޗުން ބާސާ މޮޅުވީ 1-3 ގެ ނަތީޖާއަކުން

  • މި މޮޅާއެކު ބާސާ އެއްވަނައިގައި އޮތީ 22 މެޗުން 55 ޕޮއިންޓާއެކު

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ވަރުގަދަ ބާސެލޯނާއިން އެލްޗޭގެ މައްޗަށް ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައިގައި މަގާމު ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ކުޅެ މި މެޗުން ބާސާ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް ގިނަވަގުތު ބޯޅަހިފަހައްޓައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ބާސާއިންނެވެ.

މެޗުގައި ބާސާއިން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ހަވަނަ މިނެޓުގައެވެ. ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަމީން ޔަމާލެވެ.

ބޮޑު ޔަގީންކަމަކާއެކު ބާސާއިން ކުޅެމުންދަނިކޮށް 29 ވަނަ މިނެޓުގައި އެލްޗޭއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ ރޮޑްރިގޭޒް އެވެ.

މި ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑުނަގާފައެވެ. ފްރެންކީ ޑިޔޮންގް ތަނަވަސްކޮށްދިން ފުރުސަތަކުން ހާފުގެ 40 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ.

ލީޑުގައި އޮވެ ބާސާއިން ދެވަނަ ހާފު ފެށިއިރު އެޓީމުން މެޗުގައި ޖެހި ތިންވަނަ ލަނޑު، 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ.

މި ނަތީޖާއާއެކު ބާސާއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން 55 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ އެއް މެޗު މަދުން ކުޅެ 51 ޕޮއިންޓާއެކުއެވެ. ބާސާއަތުން ބަލިވި އެލްޗޭއަށް ތާވަލުގެ 12 ވަނަ ލިބެނީ 22 މެޗުން 24 ޕޮއިންޓު ހޯދައިގެންނެވެ.