ޚަބަރު

ލޯންޗެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެ


  • ބަންޑުންޖަހާލީ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗެއް

  • މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ނުރައްކާތެރި އަނިޔާއެއް ނުލިބޭ

ކ. ގުޅީފަޅު ކައިރިން ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ މާލެ ސަރަޙައްދުގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ބަންޑުން ޖަހާލީ "ބުލެޓް ސްޕީޑު" ނަމަކަށް ކިޔާ ލޯންޗް ކަމަށެވެ. އަދި މި ލޯންޗުން ބަންޑުން ޖަހާލީ ކެޕްޓަނާއިއެކު 9 ފަތުރުވެރީންނާއި، 2 ފަޅުވެރީންނާއެކު ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

މި ލޯންޗުގައި ދަތުރުކުރި މީހުން ކަނޑުވެފައިތިއްބައި ފުރަތަމަ އެހީތެރިވެފައިވަނީ، އެ ސަރަހައްދުން ދަތުރުކުރި "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗެކެވެ. އެއަށްފަހު އެ ސަރަޙައްދުގައި ހަރަކާތްތެރިވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓަށް އެ މީހުން ބަދަލުކުރި ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި މި ލޯންޗުން ދަތުރުކުރި މީހުން މިއަދު 09:40 ހާއިރު ސަލާމަތްތެރި ކަމާއެކު މާލެ ގެނެސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ.