ޕްރެޒިޑެންޓްސް ކަޕް 2026 ގެ ޕްލޭއޮފް ފުރަތަމަ މެޗުގައި ކުލަބު އީގަލްސް އިން ކުލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް ބޮޑު މޮޅެއް ހޯދާ ޕްރެޒިޑެންޓްސް ކަޕުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ. އީގަލްސް މެޗު ކާމިޔާބު ކުރީ 6-0 ލަނޑުންނެވެ.
މިއާއެކު އީގަލްސް މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދިއިރު ގްރީން ވަނީ މުބާރތުން ކަޓައިފައެވެ. މިމެޗުގައި އީގަލްސްގެ އިބްރާހިމް މަހުދީ ހުސެއިން ވަނީ ހެޓްރިކް ހަދާފައެވެ.
ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އީގަލްސް އިން ޑޮމިނޭޓް ކޮއްގެން ކުޅުނު އިރު އެޓީމުން ވަނީ މޮޅު ކުޅުމެއް މުޅި މެޗުގައިވެސް ދައްކާފައެވެ. މެޗު ފަށައިގެން އީގަލްސް އިން ދިއައީ ލިބުނު ފުރުސަތު ތަކުގައި ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
އީގަލްސް އިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 15ވަނަ މިނިޓުގައި ގްރީންގެ މިސްރު ޑިފެންޑަރ އެލްސައީދު ދިފާއުކުރަން އުޅުނު ބޯޅައެއް ބައިކޮޅަށް ވަދެގެންނެވެ. އީގަލްސް އަށް ދެވަނަ ލަނޑު 31 ވަނަ މިނިޓުގައި މަހުދީ ޖެހީ އެޓީމުގެ ލައިބީރިއާ މިޑްފީލްޑަރ އިބްރާހިމް ލެބޭ ދިން ބޯޅައަކުންނެވެ.
މެޗުގެ 35 ވަނަ މިނިޓުގައި މަހުދީ ވަނީ އީގަލްސް އަށް މެޗުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑަކީވެސް ލެބޭގެ އެހީތެރިކަމާ އެކު ކާމިޔާބުކުރި ލަނޑެކެވެ.
އީގަލްސްގެ ފަސްވަނަ ލަނޑުޖަހާ މަހުދީ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 52 ވަނަ މިނިޓުގައި އިސްމާއިލް އީސާ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް މަހުދީ އޭރިއާ ތެރެއިން ވެއްޓިގެން ގޯލުތެރައަށް ވައްދާލި ބޯޅައަކުންނެވެ.
އީގަލްސްގެ ފަސްވަނަ ލަނޑަކީ އަލީ ހާފިޒް ދިން ބޯޅައަކުން ތަޖުރިބާކާރު ކުޅުންތެރިއާ ޝަމްވީލް ގާސިމް ކާމިޔާބުކުރި ލަނޑެކެވެ. ޝަމްވީލް މި ލަނޑުޖެހީ 73 ވަނަ މިނިޓުގައެވެ.
އީގަލްސްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ 76 ވަނަ މިނިޓުގައި ހާފިޒުއެވެ. މި ލަނޑަށްފަހު ގްރީންއަށް ޕެނެލްޓީ އެށް ލބުނު ނަމަވެސް 89 ވަނަ މިނިޓުގެ ރިލްވާން ވަހީދު ފޮނުވާލި ޕެނެލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ޕްލޭއޮފުން މޮޅުވި އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އޮޑި ސްޕޯޓްސް ކްލަބް އާއި ނިއު އެވެ.