މާލޭގެ ހައި ސްކޫލުތަކަށް ހުޅުވާލައިގެން ފެށި 20 އަހަރުން ދަށުގެ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރާތެއް ކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެވެ.
އެ މުބާރާތުގައި ވާދަކުރަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް ސީއެޗްއެސްއީ (ހުޅުމާލެ) ސުކޫލާއި ސީއެޗްއެސްއީ (މާލެ) ސުކޫލެވެ.
ޠާރިޤް ވިދާޅުވީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި 20 އަހަރުން ދަށުގެ ކުޅުންތެރިން ތިބީ މި ޖެނެރޭޝަނުގައި ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން މި މުބާރާތުން ހޮވާލެވޭ ކުދިންނާއެކު މުސްތަގުބަލުގައި ރަނގަޅު ޓީމެއް އޮންނާނެ ކަމަށް ޤަބޫލުކުރެވޭކަމަށް ޠާރިޤް ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖެއަށް ލިބިފައިވާ ވަގުތުގެ ތެރޭގައި ޓީމެއް އެކުލަވާލާއިރު އެފްއޭއެމްގެ އައު ޓެކްނިކަލް ޑައިރެކްޓަރ އިސްތަވާން އުރުބާނީ އަންނަނީ މެޗުތައް އެނަލައިޒް ކުރަމުންނެވެ.
އެ މުބާރާތުގައި ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ފެނިގެންދާއިރު ސީއެޗްއެސްސީ މާލެ ސްކޫލުންވަނީ ފައިނަލްގެ ޖާގައެއް ހޯދާފައެވެ.
ސީއެޗްއެސްއީ މާލެ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކުގައެވެ. ފައިނަލުގައި ސީއެޗްއެސްއީ ހުޅުމާލެއާއި ވާދަކޮށް ސީއެޗްއެސްއީ މާލެ މޮޅުވީ 7-1 ލަނޑުގެ ތަފާތަކުންނެވެ.
ދެން ފައިނަލުގެ ޖާގައެއް ހޯދުމުގެ އުންމީދު ބޮޑުކޮށްފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުންނެވެ. އަހުމަދިއްޔާ އޮތީ ދެމެޗުން 4 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައިގައެވެ. ހަތަރު ޓީމު ހިމެނޭ ގުރޫޕުގެ ތިންވަނައިގަ ވިލާ އޮތީ އެންމެ ޕޮއިންޓަކާ އެކުއެވެ.
މި މުބާރާތް 12 ފެބުރުއަރީގައި ހަވީރު ނިކުންނާނީ ސީއެޗްއެސްސީ ހުޅުމާލެ ސުކޫލާއި ވިލާ ހައި ސުކޫލެވެ. އެރޭ 21:00 ގައި އޮންނަ މެޗުގައި ބައްދަލުކުރާނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލާއި ސީއެޗްއެއީ މާލެ ސުކޫލެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނަނީ މާޗް 23 ން 03 އޭޕްރީލްގެ ނިޔަލަށް ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ 23 މާޗްގައި ސްރީލަންކާއާއި ދެކޮޅަށެވެ.
25 މާޗްގައިގައި ރާއްޖެ ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. 27 މާޗްގައި ރާއްޖެ ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.