ރަމަޟާންމަހުގެ ތެރޭގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް ކަނޑައަޅައި އިއުލާންކޮށްފިއެވެ.
ފެމިލީ ކޯޓުން އާންމުކުރި އިއުލާނެއްގައިވަނީ ރަމަޟާމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދިނުމަށް ނިންމާފައިވާ ގަޑިތައް އާންމުކޮށްފައެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ކައިވެނި ކޮށްދޭނީ ހެނދުނު 12:00 އިން 13:00 އަށެވެ. އަދި 14:30 16:30 އަށްވެސް ކޯޓުގައި ކައިވެނި ކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ފެމެލީ ކޯޓުން ވިދާޅުވީ ރަސްމީ ދުވަސްތަކުގައި ރޭގަނޑު 21:30 އިން 22:45 އަށްވެސް ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ހަފްތާ ބަންދު ދުވަސްތަކުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 އިން 22:45އަށް އެކަންޏެވެ.
ހުކުރު ދުވަސް ފިޔަވާ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނެ ވަގުތުތަކަކީ 14:00 އިން 16:30 އަށެވެ. އަދި ރޭގަނޑު 21:30 އިން 22:45 އަށެވެ. އަދު ހުކުރު ދުވަހު ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 21:30 އިން 22:45އަށެވެ.
ފެމިލީ ކޯޓުން ރަމަޟާން މަސް ނޫން މަސްތަކުގައި ކައިވެނިކޮށްދެމުން އަންނަނީ ހެނދުނު 9:00 އިން 11:30އަށް އަދި މެންދުރުފަހު 1:00 އާއި 1:30އަށެވެ އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ހަވީރު 4:00އިން ރޭގަނޑު 9:30 އަށެވެ.