އެފްއޭއެމް ވެޓެރެންސް ލީގު 2026 ގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މޮޅުވާން ދަނިކޮށް ބުރު ސްޕޯޓްސް ކުލަބުން ހިފަހައްޓައިފިއެވެ. މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.
މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ބުރުން ގިނައިރު ބޯޅަ ހިފައްޓައިގެން ގިނަ ހަމަލާ އުފެއްދި އިރު ޔޫވީން ވަނީ މެޗު ދޭތެރެ ދޭތެރެއިން ބުރުގެ ގޯލަށް ނުރައްކާ ކޮއްފައެވެ.
މެޗުގެ 2 ވަނަ މިނިޓުގައި ބުރުގެ އަލީ ޝާހިދު ފޮނުވާލި ބޯޅަ ގޯލަށް ވަތް ނަމަވެސް ރެފްރީ ވަނީ އޮފަސައިޑް ކަމަށް ނިންމާފައެވެ. ޔޫވީން ލީޑު މެޗުގެ 9 ވަނަ މިނިޓުގައި އަލީ މޫސާ ކާމިޔާބު ކުރި ލަނޑުންނެވެ. ޔޫވީން ލީޑު ފުޅާ ކުރީ 23 ވަނަ މިނިޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހުވަގުތުގައި ބުރަށް ލަނޑުޖަހައިދިނީ އަހުމަދު ޒަމީލްއެވެ. މެޗުގެ ދެވަނަ ހާފުގައި ބުރުން ކުރިއަށް ޖެހި ޔޫވީގެ ގޯލަށް ގިނަ ހަމަލާތަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.
ބުރުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު މިނިޓުގައި އަހުމަދު ހުސެއިން ނަގައިދިން ހިލޭ ޖެހުމެއް އޭރިއާ ތެރެއިން އަލީ ނައީމް ގޯލަށް ވައްދައިލައިގެންނެވެ.
މުބާރާތުގެ ގުރޫޕް ބީގައި މި ދެޓީމުގެ އިތުރުން ހުރިއްޔާ އާއި ހުޅުމާލެ ވެޓެރެންސްގެ އިތުރުން ޕޮލިސް ކުލަބެވެ.