ޚަބަރު

އެފްއޭއެމް ވެޓެރެންސް ކަޕް: ނިއު ބަލިކޮށް ވިލިމާލެއަށް ވަރުގަދަ ފެށުމެއް


  • ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮއްފަ

  • މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ފެނިގެންދިޔައީ ފަހުކޮޅުގަ

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް ވިލިމާލެ ޔުނައިޓެޑުން ވަރުގަދަ ފެށުމަކުން މުބާރާތް ފަށައިފެއެވެ. ގުރޫޕް އޭ ގައި ހިމެނޭ މި ދެޓީމު ވާދަކުރި މިޗެ ވިލިމާލެ ޓީމުން ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.

މާފަންނު އެއްނަންބަރު ޓާފް ދަނޑުގައ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮއްފައެވެ. ނިއުގެ އަލީ އުމަރަށް މި ހާފުގައި ލަނޑުޖަހަން ރަނގަޅު ދެ ފުރުސަތެއް ވަރު ލިބިގެންދިއައެވެ.

ދެވަނަ ހާފުގައި ދެޓީމަށް ވެސް މާ ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު މާ އެދެވޭ ހަމަލާއެއް އުފެއްދިފަ ނުވެއެވެ. މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ފެނިގެންދިޔައީ ފަހުކޮޅުގައެވެ.

ވިލިމާލެއިން ލީޑު ނެގީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ހަސަން ސޮލާހު ގޯލުގެ މަތީކަނަށް ބޯޅަ ވައްދައިލިއިގެންނެވެ. މި ލަނޑު ސޮލާހު ޖެހީ މެޗުގެ 55 ވަނަ މިނިޓުގައެވެ.
ވިލިމާލެއިން ލީޑު ފުޅާކުރީ މެޗުގެ 57 ވަނަ މިނިޓުގައި ސޮލާހު އޭރިއާ ތެރެއިން ހިފައިގެން ވަތް ބޯޅައެއް ކީޕަރު ކައިރިން ނައްޓާލާ އަރިމަތިން އެޓީމުގެ ކެޕްޓަން އިސްމާލު މުހައްމަދަށް ޖައްސާލުމުން އޭނާ ކާމިޔާބު ކުރި ލަނޑުންނެވެ.

ނިއުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިއްޒަތު އަބްދުލް ބާރީ ގޯލާ ކައިރިން ބޮލުން ފޮނުވާލި ބޯޅައަކުންނެވެ.

މި މޮޅާއެކު މި ގުރޫޕުން ހަތަރު ޓީމެއް ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. އެއީ ވިލިމާލެ ޔުނައިޓެޑާއި، ނިއުގެ އިތުރުން ސިފައިންގެ ކުލަބާއި، މުއިވެޔޮ ފްރެންޑްސް ކުލަބެވެ. މި ގުރޫޕުން ޕޮއިންޓެއް ނުލިބި އޮތީ ދަ ގްރާންޑޭ އަށް އެކަންޏެވެ.