5 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމަށް ބީޗްވޮލީބޯޅަ ޓީމްގެ ކެޕްޓަން ޢާއިޝަތު ޝައްފައަށް ދިދަ ޙަވާލުކޮށްފިއެވެ. ބީޗް ގޭމްސްގައި ބައިވެރިވުމަށް ވީތުނާމަށް ފުރުމުގެ ކުރިން ޝައްފައަށް ރާއްޖޭގެ ދިދަ ޙަވާލްކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު ޢިރުތިޝާމް އާދަމްއެވެ. ދިދަ ޙަވާލްކޮށްދެއްވުމަށްފަހު މިނިސްޓަރ އިރުތިޝާމްވަނީ ރާއްޖޭގެ ކޮންޓިންޖެންޓާ ވާހަކަދައްކަވާ ކާމިޔާބީ ހޯދުމަށް ގަދައަޅާ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް މިނިސްޓަރ ރާއްޖޭގެ އެތްލީޓުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
5 ވަނަ އޭޝިއަން ބީޗް ގޭމްސްއަށްފުރި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޑެޕިއުޓީ ޗެފް ޑިމިޝަން އާމިނަތު އަޙުމަދު ވިދާޅުވީ ރާއްޖެއިން ވާދަކުރާ ތީމްތައް ވީތުނާމަށްފުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށެވެ. ޚާއްސަކޮށް މިފަހަރު މުޅިން އަލަށް ގޭމްސްގައި ބައިވެރިވި ރޯވިންގް ޓީމާ މެދު ވަރަށްބޮޑު އިތުބާރަކާ ޔަޤީން ކަމެއް އެބަ އޮތް ކަމަށެވެ. img:http://s2.psmnews.mv/images/660x400/14745009319453.jpg|ޔޫތު މިނިސްޓަރ އިރުތިޝާމާއެކު ބީޗްގޭމްސްގެ އެތްލީޓުން- ފޮޓީ/ޕީއެސްއެމް
ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޒިންމާ ނެގި ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ ޝައްފަބުނީ މީ ލިބުނު ވަރަށްބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށެވެ. ކުރިޔަށް ގެންދިޔަ ތަމްރީނު ތަކަށްފަހު ބީޗްވޮލީބޯލް ޓީމް ގޭމްސްއާ ކުރިމަތިލަނީ ވަރަށްބޮޑު އިތުބާރަކާއި އުއްމީދުތަކަކާ އެކުކަމަށެވެ.
މިމަހުގެ 24 އިން އަންނަ މަހުގެ 3 ގެ ނިޔަލަށް ވީތުނާމްގައި އޮންނަ 5 ވަނަ އޭޝިއަން ބީޗް ގޭމްސްއަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރުމުގެ ކުރިން ގޭމްސްގައި ރާއްޖޭގެ ޓީމްތައް ބޭނުންކުރާ ޖާޒީ އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤު، ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމަށް ހަދިޔާކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14745004023696.jpg|ރާއްޖޭގެ އެތްލީޓުން ބޭނުންކުރާ ޖާޒީ އެމްއޯސީން މިނިސްޓަރ އިރުތިޝާމަށް ހަދިޔާކުރައްވަނީ- ފޮޓޯ/ޕީއެސްއެމް
ވީތުނާމްގެ ޑަނަންގގައި އޮންނަ މިގޭމްސްއަށްދިޔަ ރާއްޖޭގެ އެތްލީޓުންނާއި އޮފިޝަލުންނާއެކު ޖުމްލަ 36 ފަރާތެއް ވީތުނާމަށް ދިއުމަށް ފުރިއެވެ. މިފަހަރުގެ ގޭމްސްގައި ސާދަ ކުޅިވަރެއްގައި 45 ޤައުމެއް ވާދަކުރާނެއެވެ.