ޚަބަރު

ޕެސިފިކް އާރމީސް މެނޭޖްމަންޓް ސެމިނާގައި ރާއްޖެއިން ބައިވެރިވާނެ


ސަރަޙައްދީ ޤައުމުތަކުގެ ސަލާމަތާ ބެހޭގޮތުން މެލޭޝިޔާގައި އާދީއްތަދުވަހު ފަށާ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ބައިވެރިވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކުރައްވައިފިއެވެ.

މިބައްދަލުވުމަކީ، ޤައުމުތަކުގެ ސަލާމަތަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޙާލަތުތަކުގައި ޢަމަލުކުރަންޖެހޭ ޕްލޭނެއް އެކުލަވާލުމަށް އަމާޒުކޮށްފައިވާ މި ސެމިނަރއެކެވެ.

މި ސަރަޙައްދުގެ ގިނަ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ އިސް ބޭފުޅުން މި ސެމިނަރގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ރާއްޖޭގެ ޤައުމީ ސަލާމަތީ ބާރުން ވިދާޅުވެއެވެ.

މިމަހުގެ މި މަހު 26 ން 29 އަށް ކުއާލަމްޕޫރުގައިކަމަށް ބާއްވާ 40 ވަނަ ޕެސިފިކް އާރމީސް މެނޭޖްމަންޓް ސެމިނާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއެވެ. ވައިސް ޗީފްގެ އަރިހުގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރ ކާރނަލް ވައިސް ވަޙީދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.