 
										 
										
			މުދާ އުފުލާ ދޯންޏެއް މިއަދު ހެނދުނު ކ. ކޮށްދިއްޕަރު ކައިރީ އޮތް ފަރަކަށް އަރައިފިއެވެ.
 
މިޙާދިސާގައި އެއްވެސް މީހަކަށް ކަމެއްނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އުއްމީދު" ނަމަކަށް ކިޔާ، އައްޑިހަ ފޫޓުގެ މި ދޯނި ފަރަށް އެރިއިރު ދޯނީގައި 13 މީހުން ތިއްބެވެ. މި ދޯނި ފަރަށް އަރާފައިވަނީ އއ.ތޮއްޑޫން މުދާ ބަރުކޮށްގެން މާލެއަށް ދަތުރުކުރަމުން އަންނިކޮށެވެ.
 
މި ޙާދިސާ ހިނގި ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާރޑްގެ ޑައިވަރުންގެ ޓީމެއް މިހާރު ދަނީ ޙަރަކާތްތެރިވަމުންނެވެ.
 
މި ދޯނި މިހާރު ދިޔަވަމުންދާ ކަމަށާއި، ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން ޙަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.