ޚަބަރު

މާމިގިލީގައި އަލިފާނުގެ ހާދިސާއެއް


  • އަލިފާން ރޯވީ މާމިގިލީ ފެހުރިހި ޔޫތު އެސޯސިއޭޝަންގެ ގުދަނުގައި

  • ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 22:13 ހާއިރު

އދ. މާމިގިލީ ފެހުރިހި ޔޫތު އެސޯސިއޭޝަންގެ ގުދަނުގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު މިރޭ 21:30 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 22:13 ހާއިރުއެވެ.

މި ހާދިސާގައި ގުދަނުގައި ހުރި ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ. އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.