މާލޭގެ ގެއަކުން މީހަކު ވެއްޓިއްޖެއެވެ. ފުލުހުން ވިދާޅުވީ މާލޭ، މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 18:20 އެހާކަންހާއިރުއެވެ. ފުލުހުން ވިދާޅުވީ، އެމީހާ ވެއްޓިފައި ވަނީ އެ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށްކަމަށެވެ.
މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.