ޚަބަރު

ކުޅުދުއްފުށީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ


  • މަރުވެފައިވަނީ 58އަހަރުގެ ފިރިހެނެއް

  • ހަށިގަނޑު ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮޮށް

ހދ. ކުޅުދުއްފުށި ސިޓީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ.

މަރުވެފައިވަނީ ކުޅުދުއްފުށީ، ބަޑިފަސްގަނޑުގެ، އުމުރުން 59އަހަރުގެ ސުލައިމާން ޙުސައިންއެވެ. އޭނާ ނިޔާވެފައިވާކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުން ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މިއަދު 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިންކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.