ޚަބަރު

އޯކިޑް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް


  • އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. މައިމަގުމަތީގޭގައި

  • އަލިފާން މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި

މާފަންނު މައިމަގުގޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 04:20 ހާއިރު ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. އެގޮތުން ކުރި މަސައްކަތުން ރޯވި އަލިފާން 16:50 ނިއްވާލެވުނުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.


މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.