 
					
									
			ހިޖުރީ އައު އަހަރުގެ އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ދިވެހިރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، މި ފެށޭ ހިޖުރީ އައު އަހަރަކީ ދިވެހި އުންމަތަށް ފާގަތި އަހަރެއްކަމުގައި ލެއްވުން އެދިވަޑައިގެންފައިވެއެވެ. އަދި އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފޮނުއްވި ހިޖުރީ އައު އަހަރުގެ ތަހުނިޔާގެ މެސެޖް ވިދާޅުވެފައިވެއެވެ.
 
ހިޖުރީ އައު އަހަރުކަމުގައިވާ 1438 ވަނަ އަހަރު، މިރޭ އިރުއޮއްސުމާއެކު މިވަނީ ފެށިފައެވެ.