ހުޅުމާލެ ފޭސް 1ގައި ތަރައްޤީކޮށްފައިވާ ރީތިގަސް ރެސިޑެންސްގައި، ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޖާގަތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރީތިގަސް ރެސިޑެންސް ފްލެޓުތައް ހުންނަ އިމާރާތުން ވިޔަފާރި ބޭނުންތަކަށް ތިން ޖާގައެއް ހުޅުވާލާފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ބުކްޝޮޕަކާއި، ސެލޫނަކާއި، ވެލްނެސް ސެންޓަރެއް ހިންގުމަށް ދޫކުރާ ޖާގައެވެ.
• ބުކްޝޮޕް: 1031 އަކަފޫޓް
• ސެލޫން: 1463 އަކަފޫޓް
• ވެލްނެސް ސެންޓަރު: 1913 އަކަފޫޓު
Lease of Unit for the Provision of Salon from Reethigas Commercial
— Housing Development Corporation (@hdcmaldives) April 19, 2026
Read more: https://t.co/1vAkzPrH1b
Lease of Unit for the Provision of a Wellness Centre from Reethigas Commercial
Read more: https://t.co/n8laIFLkbL
Lease of Unit for the Provision of a Bookshop from Reethigas…
ރީތިގަސް ރެސިޑެންސްގެ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޖާގަތަކަށް ޝައުޤުވެރިވާނަމަ ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އެގޮތުން ބުކްޝޮޕް ހިންގުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އަންނަމަހުގެ 5ވަނަ ދުވާހާހަމައަށެވެ. އަދި ސެލޫން ޖާގައަށް އެދުމުގެ ފުރުސަތު އަންނަމަހުގެ 6ވަނަ ދުވަހަށް ހަމަވާއިރު، ވެލްނެސް ސެންޓަރު ހިންގުމަށް އެދެވޭނީ އަންނަމަހުގެ 7 ވަނަ ދުވަހާހަމައަށެވެ.
"ރީތިގަސް ރެސިޑޭންސް" ފްލެޓްތަކަކީ އެޗްޑީސީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ތެރެއިން، 6 ޓަވަރެއްގައި 459 އެޕާޓްމަންޓް ހަދާފައިވެއެވެ.