ޚަބަރު

ޖަޕާނަށް ސުނާމީގެ އިންޒާރު، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ


  • 7.5ގެ ބާރުގަދަ ބިންހެލުން އައީ ޖަޕާނުގެ ހޮންޝޫއަށް

  • ބިންހެލުން އައީ މާލެއާއި 7955 ކިލޯމީޓަރު ދުރުން

ޖަޕާނަށް މިއަދު އައި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވި ނަމަވެސް މި ބިންހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޖަޕާނަށް މިއަދުވަނީ، 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މި ބިންހެލުން އައިސްފައިވަނީ، މާލެއާއި 7955 ކިލޯމީޓަރު ދުރުން، ޖަޕާނުގެ ހޮންޝޫއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

ބިންހެލުން އައިސްފައިވަނީ، މިއަދު މެންދުރު 12.52ހާއިރެވެ. މި ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނުކުރާނެ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.