 
										
			ކާޑެއްދޫ ކައިރީގައި އޮންނަ ކޮނޑަގިރިގައްލާ ފަރަަށް އެރި ލޯންޗުގައި ތިބި މީހުން މިހާރު އެމްއެންޑީއެފް ސަދަން އޭރިޔާގެ އެހީތެރިކަމާއެކު ތިނަދުއަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
 
މި ލޯންޗުން ދަތުރުކުރި މީހުންގެ ހާލު ރަނގަޅު ކަމަށާއި، ލޯންޗުގައި 8 މީހުން ތިބި ކަމަަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.
 
"ހަތާ ތިނެއް" ނަމަކަށް ކިޔާ މި ލޯންޗު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް މި ލޯންޗު އަރާފައިވަނީ ފަރުގެ މެދަށް ކަމުން ދިޔަވަރު ތިލަވުމުގެ ސަބަބުން، ލޯންޗް ފުންކުރުމުގައި ދަތިތަކެއް ދިމާވަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.