ކުޅިވަރު

ކުޅިވަރު ޤާނޫނުގެ ދަށުން ހަދަންޖެހޭ ގިނަ ޤަވާޢިދު ނިމިއްޖެ


ކުޅިވަރު ޤާނޫނުގެ ދަށުން ހަދަންޖެހޭ ގިނަ ޤަވާއިދުތަކެއްގެ މަސައްކަތް ނިމިފައިވާކަމަށް ކުޅިވަރު ކައުންސިލުން ހާމަކޮށްފިއެވެ.

ޓީވީއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެއްވަމުން ސްޕޯޓްސް ކައުންސިލްގެ ޗެއާމަން އިބްރާހިމް އިސްމާޢިލް ވިދާޅުވީ ސްޕޯޓްސް ކައުންސިލުން އަވަދިނެތި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންގެންދާކަމަށެވެ. ކުޅިވަރު ޤާނޫނުގެ ދަށުން ހަދަންޖެހޭ ގިނަ ޤަވާއިދުތަށް ހަދާ ނިމިފައިވާއިރު މިހާރު ކުރިޔަށްދަނީ އެޔަށް ގެންނަންޖެހޭ އިސްލާޙުތަކެއް ހުރިތޯ ބެލުމުގެ މަސައްކަތްކަމަށް ޗެއާމަން އިބްރާހީމް އިސްމާޢީލް މަޢުލޫމާތުދެއްވިއެވެ.

 ކުޅިވަރު ކައުންސިލްގެ ސަތާރަ ބައްދަލުވުމެއް މިހާތަނަށް ބޭއްވިފައިވާއިރު އެ ބައްދަލްވުންތަކުގައި މައިގަނޑުގޮތެއްގައި ވާހަކަދެކެވުނީ ހަދަންޖެހޭ ޤަވައިދުތަކާ ބެހޭގޮތުންކަމަށްވެސް އިބްރާޙިމް އިސްމާޢިލް މަޢުލޫމާތުދެއްވިއެވެ.