ޚަބަރު

ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ


  • އެމީހާ ފަޅު ތެރެއަށް ފޭބީ ވަލެއް އެއްސުމަށް

  • ގެއްލިގެން ހޯދަމުން ދަނީ ދިވެހި ފިރިހެނެއް

ހުޅުމާލެގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދާކަމަށް މެރިން ޕޮލިސް އިން ވިދާޅުވެއްޖެއެވެ.

މެރިން ޕޮލިސް އިން ވިދާޅުވީ މިއަދުގެ 18:30 ހާއިރު ހުޅުމާލެގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ދަނީ ހޯދަމުންކަމަށެވެ.

އެ މީހާ ހޯދުމުގެ މަސަކަތް މެރިން ޕޮލިސް އާއި ކޯސްޓް ގާރޑް ގުޅިގެން ކުރަމުންދާކަމަށް ވިދާޅުވިއެވެ.