ޚަބަރު

ހުޅުމާލެއާއި މާލެއަށް އަލުން ކަރަންޓު ދީފި


  • އެއްވެސް ސަބަބަކާ ހެދި ކަރަންޓުގެ ހިދުމަތް ނުލިބޭނަމަ އެންގުމަށް ވަނީ

  • އެމަރޖެންސީ ހޮޓްލައިން 104

  • ނުވަތަ ކޯލް ސެންޓަރ 1545އަށް ގުޅުމަށް ވަނީ އެދިފައި

ހުޅުމާލެއާއި މާލޭގެ ހުރިހާ ހިސާބަކަށް މިހާރު ކަރަންޓު ޚިދުމަތް އަލުން ދީފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން މިއަދު ކުއްލިގޮތަކަށް ކަރަންޓް ގޮސްފައިވާއިރު، ސްޓެލްކޯއިން ވަނީ ރޭފަތިހުން ފެށިގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައެވެ. މިމަސައްކަތް ކޮށްފައިވަނީ އިންޖީނުގެ ނިއްވާލައިގެންނެވެ. އިންޖީނުގެ ނިއްވާލާފައިވަނީ ރޭ މެންދަމުން އަލިވެ 3:00އިން ފެށިގެން ހެނދުނު 8:00 ޖެހުމާހަމައަށެވެ.

އެއްވެސް ސަބަބަކާ ހެދި ކަރަންޓުގެ ހިދުމަތް ނުލިބޭނަމަ އަޅުގަނޑުމެންގެ އެމަރޖެންސީ ހޮޓްލައިން 104 ނުވަތަ ކޯލް ސެންޓަރ 1545 އަށް ގުޅުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.