ޚަބަރު

ހުކުރު ދުވަހުން ފެށިގެން ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނެ


  • ޙައްޖުވެރިން ރާއްޖެ އަންނާނީ މިމަހުގެ 5، 7، 8 އަދި 9 ވަނަ ދުވަހު

  • ޙައްޖުވެރިން އަންނާނީ މޯލްޑިވިއަން އަދި ސައުދިއާ އެއަރލައިންގައި

ހުކުރު ދުވަހުން ފެށިގެން ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނެ ކަމަށް ދިވެހި ޙައްޖު މިޝަނުން ހާމަކޮށްފިއެވެ. ދިވެހި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ.

ޙައްޖުގެ ހުރިހާ މަނާސިކުތަކެއް ފުރިހަމަކޯށް ނިމި، ކުރިއަށް އޮތީ މަދީނާ ދަތުރެވެ. އެއަށްފަހު ސީދާ މަދީނާއިން ދިވެހި ޙައްޖުވެރިން ރާއްޖެއަށް އަންނަ ދުވަސް ތަކާއި ގަޑިތަކަށް ދިވެހި ޚައްޖު މިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ. މަދީނާ ދަތުރަކީ ޙައްޖުގެ ބައެއް ނޫން ކަމުގައިވިއަސް ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފަހު އިސްލާމީ ތާރީޚުގެ މުހިންމު ބިނާތަކާއި އަދި މުހިންމު ހާދިސާތައް މަދިނާއާއި ގުޅިފައިވުމުން، މި ދަތުރުގެ ތެރެއިން ޙައްޖުވެރިން މަދީނާގެ މުޙިންމު ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދުން ފެށިގެން ޙައްޖުވެރިން މަދީނާއަށް ދާން ފަށާނެއެވެ.

ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގައެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި މިމަހުގެ 5 ވަނަ ދުވަހު ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަންނާނީ ސައުދިއާ އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ވެލާނާ އިންޓަރނޭޝާނަލް އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ގަޑިން 14:00 ގައެވެ.

މިމަހުގެ 7 ވަނަ ދުވަހު ރާއްޖެއަށް ޙައްޖުވެރިންގެ ދެވަނަ ފްލައިޓު އަންނައިރު މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަން ހަމަޖެހިފައިވަނީ އެދުވަހު ރާއްޖެ ގަޑިން 17:40 ގައެވެ. މި ދުވަހު ހައްޖުވެރިން ރާއްޖެ އަންނާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ.

ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8ވަނަ ދުވަހު ރާއްޖެ ގަޑިން 14:00 ގައެވެ. މިއީ ސައުދިއަރ އެއަރލައިންގެ ފްލައިޓެއް ކަމަށް ދިވެހި ހައްޖު މިޝަނުން ވިދާޅުވިއެވެ.

ފަހު ފްލައިޓު މިމަހުގެ 9ވަނަ ދުވަހު ރާއްޖެ އަންނައިރު، މި ފްލައިޓު ރާއްޖޭގައި ޖައްސާނީ ހަވީރު ދަންވަރު 12:00 ޖަހާއެހައިކަށްހާއިރު ކަމަށް ދިވެހި ހައްޖު މިޝަންއިން ވިދާޅުވެއެވެ. ދިވެހި ހައްޖާޖީން ދަތުރުކުރާ ފަހު ފްލައިޓަކީ މޯލްޑިވިއަންގެ ފްލައިޓެކެވެ.

އްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.