ކުޅިވަރު

ފުވައްމުލަކު ވޮލީ މުބާރެާތުގެ ފުރަތަމަ މެޗް އަފުން ޓީމަށް


ފުވައްމުލައް ސިޓީ ކައުންސިލުން ކޮންމެ އަހަރަކުވެސް އިންތިޒާމް ކުރަމުން އަންނަ ފޯރިގަދަ ވޮލީބޯޅަ މުބާރާތުގެ މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗް ފަސޭހަ ކަމާއެކު އަފުން ޓީމް ކާމިޔާބުކޮށްފިއެވެ. 

މުބާރާތުގެ ފުރަތަމަ މެޗް އަފުން ޓީމް ކާމިޔާބުކުރީ ދަޑިމަގު އަވަށަށް ނިސްބަތްވާ ނަގަނަމަގޯއާ ވާދަކޮށް ސީދާ 3ސެޓުންނެވެ. މެޗްގެ ސެޓްތައް އަފުންޓީމުން ގެންދިޔައީ 25-10، 25-23 އަދި 25-18އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ އަފުންޓީމުގެ އިސްމާޢީލް ސާޖިދުއެވެ. 

މިއަހަރުގެ މުބާރާތް ފަށްޓަވައިދެއްވީ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަޠީފްއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކުރާ ފޯރިގަދަ މިމުބާރާތުގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ ޤައުމީ ޓީމްގެ ކުޅުންތެރިން ތަފާތު އެކި ޓީމްތަކަށް އަންނަނީ ކުޅެމުންނެވެ. އެގޮތުން މުބާރާތުގެ 2 ޑިވިޝަންގައިވެސް ޤައުމީ ޓީމްގެ ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ. 

img:http://s1.psmnews.mv/images/660x400/14762039477687.jpg|ފުވައްމުލކަުގައި ކުރިއަށްދިޔަ ވޮލީ މުބާރާތުގައި އަފުން ޓީމްއާ ނަގަނަމަގޯ ވާދަކުރި މެޗް (ފޮޓޯ: ފުވައްމުލަކު ކައުންސިލް)

ފިރިހެން ޑިވިޝަންގައި 6 ޓީމް އަދި އަންހެން ޑިވިޝަންގައި 4 ޓީމް މިއަހަރުގެ މުބާރާތުގައި ވާދަކުރެއެވެ. މިމުބާރާތުގެ 2 ޑިވިޝަނުންވެސް ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50،000 އަދި ރަނައަޕް ޓީމަށް 25،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައިއެވެ. މިމުބާރާތުގައި މިރޭ ވާދަކުރާނީ އަންހެން ޑިވިޝަންގެ ހޯދަޑު ސްޕައިކާސްއާއި މިސްކިތްމަގު އެންމެންގެ ގުޅުން ޓީމeވެ.