ކުޅިވަރު

އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް ކުރިމަތިލާން ނިންމައިފި


އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް ކުރިމަތިލައިފިއެވެ. މިހާރުގެ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ކަމުގެ މަޤާމްގައި ހުރި ބައްސާމް އަދީލް ޖަލީލް ވެގެން ގޮސްފައިވަނީ އެންމެ ފުރަތަމަ އެފްއޭއެމްގެ ރައީސްކަމަށް ރަސްމީކޮށް ވާދަކުރާވާނެކަން އިޢުލާކުރެއްވި ފުރަތަމަ ކެނޑިޓޭޓަށެވެ.

 މިމަހުގެ 20ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިޙާބްގައި ވާދަކުރުމުގެ މުއްދަތު ހަމަވާނީ މިއަންނަ އާދިއްތަ ދުވަހަށެވެ. ބައްސާމްއަކީ ކުލަބް ވެލެންސިޔާގެ ވައިސް ޗެއާރމަންކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ، އަދި އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީކަމާއި، އެފްއޭއެމްގެ އިންތިޙާބްގެ ކަންތަށްތަށް ކުރިއަށް ގެންދިއުމަށް ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާރމަންކަންވެސް ބައްސާމްވަނީ ކުރައްވާފައެވެ. އެންމެ ފަހުން އެފްއޭއެމްގެ އެކްސްކޯގެ 5 މެންބަރުން އިސްތިޢުފާ ދިނުމާ ގުޅިގެން އެއިދާރާގެ އެކްސްކޯ އުވިގެންދިޔައިރު، މެންބަރުން އިސްތިޢުފާ ދިނުމުގެ އެއްދުވަސް ކުރިން އޭރުގެ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގުވަނީ ބައްސާމް ޖެނެރަލް ސެކެޓްރީ ކަމުގެ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ބައްސާމް ވަކިކޮށްފައިވަނީ އެފްއޭއެމުގެ އަސާސީ ގަވައިދާ ހިލާފަށްކަމަށްވާތީވެ ފީފާއިން ވަނީ ބައްސާމަށް އަލުން މަޤާމް ދީފައެވެ.