ޚަބަރު

މެރީ ބްރައުން ޓެނިސްގެ ސެމީ ފައިނަލް މެޗުތައް މިއަދު


  • ކުޅުންތެރިން ކުޅޭނީ ވޯލްޑް ކަޕް ޓީމުތަކުގެ ޖަރޒީގައި

މިހާރު ކުރިއަށްދާ 13 ވަނަ މެރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ގިނަ އުމުރުފުރާތަކެއްގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ކުޅޭނެއެވެ.

ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ނެޝަނަލް ޓެނިސް ސެންޓަރުގައި ކުރިއަށް ގެންދާ މި މުބާރާތުގެ ސެމީގެ މެޗުތަކުގެ ތެރެއިން މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ، 12 އަހަރާއި ދަށުގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސް ސެމީ ފައިނަލް، ޖޫނިއަރޒް އޯޕަން އަންހެން އަދި ފިރިހެން ސިންގަލްސް ސެމީ ފައިނަލް، މެންސް އޯޕަން ޑަބަލްސް ސެމީ ފައިނަލް، 10 އަހަރާއި ދަށުގެ އަންހެން ޑަބަލްސް ސެމީ ފައިނަލް، 12 އަހަރާއި ދަށުގެ އަންހެން ސިންގަލްސް ސެމީ ފައިނަލްގެ އިތުުރުން 10 އަހަރާއި ދަށުގެ އަންހެން ސެމީ ފައިނަލް މެޗުތަކެވެ.

މީގެ އިތުރުން، ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ އުމުރުފުރާތަކުގެ މެޗުތަކެއްވެސް ކުރިއަށްދާނެއެވެ.

މުބާރާތް ބަހާލެވިފައިވާ ކެޓަގަރީތައް:

- 7 އަހަރާއި ދަށުގެ ފިރިހެން އަދި އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސް
- 8 އަހަރާއި ދަށުގެ ފިރިހެން އަދި އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސް
- 10 އަހަރާއި ދަށުގެ ފިރިހެން އަދި އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސް
- 12 އަހަރާއި ދަށުގެ ފިރިހެން އަދި އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސް
- 14 އަހަރާއި ދަށުގެ ފިރިހެން އަދި އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސް
- މެންސް އޯޕަން ސިންގަލްސް އަދި ޑަބަލްސް
- ވިމެންސް އޯޕަން ސިންގަލްސް އަދި ޑަބަލްސް
- މިކްސްޑް ޑަބަލްސް
- 45 އަހަރުން މަތީގެ ފިރިހެނުންގެ ސިންގަލްސް އަދި ޑަބަލްސް

މިއަދު ކުރިއަށްދާ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން، ފީފާ ވޯލްޑް ކަޕުގެ ފޯރި ގަދަކުރުމުގެ ގޮތުން، ކުޑަކުދިންގެ އުމުރުފުރާތަކުގެ ކުޅުންތެރިން ކުޅޭނީ އެކި ޓީމުތަކުގެ ޖަރޒީތަކުގައެވެ.

10 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކުޅުން، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުބާރާތުގެ އެކި ކެޓަގަރީތަކުގައި ޖުމްލަ 65 ފިރިހެން ކުޅުންތެރިން އަދި 55 އަންހެން ކުޅުންތެރިން ބައިވެރިވެފައިވެއެވެ.